ސިފައިންގެ އިސްވެރިންނާއި ނަޝީދު ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ސިފައިންގެ އިސްވެރިންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ ނަޝީދު މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް މަޖިލީހުގެ އިދާރާއިން ދީފައެއް ނުވެއެވެ.

ސިފައިންގެ އިސްވެރިންނާ ނަޝީދު ބައްދަލުކުރައްވާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކެމްޕޭނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. “އިންޑިއާ އައުޓް” ގެ ނަމުގައި އެ ކެމްޕޭން ފަށާފައިވަނީ ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިން އެބަތިބި ކަމަށް ތުހުމަތުކޮށް އެ ފަރާތްތައް ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އަސްކަރީ މަރުކަޒުތައް އަޅަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!