މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާ ނުބާއްވާ ގޮތަށް ނިންމައިފި

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ، ކޯވިޑް 19 އިގެ ހާލަތާ ގުޅިގެން މިއަހަރު ނުބާއްވަވާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކުރެއްވުމާ ގުޅިގެން ޖަލްސާގައި ދެއްވަމުން ގެންދަވާ ޤައުމީ އިނާމު ދިނުން ވެސް ފަސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް އޮފީހުން ވިދާޅުވީ ކޯވިޑް ގެ ހާލަތަށް ބަދަލު އައިހާ އަވަހަކަށް ގައުމީ އިނާމު ދިނުމަށް ހާއްސަ ޖަލްސާއެއް ބާއްވަވާނެ ކަމަށެވެ.

ޖަލްސާ ފަސްކުރެއްވިކަން އިއުލާނު ކުރައްވަމުން، ރައީސް އޮފީހުން ވިދާޅުވީ، އިނާމު ދިނުމަށް ބާއްވާނެ ޖަލްސާ ކުރިއާލައި ރައީސް އޮފީހުން އިއުލާން ކުރައްވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!