ގްރޭޑް 7 އަދި 8 އަށް ސްކޫލުތައް ހުޅުވާލަނީ

ރާއްޖޭގައި ކޮވިޑް-19 ކޭސްތައް މަދުވާން ފެށުމާއެކު މި މަހުގެ ތެރޭގައި މާލޭގެ ސްކޫލުތަކުގައި ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ކިޔަވައި ދޭން ނިންމައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި، މާލެ ސިޓީގެ ސްކޫލުތަކުގެ މިދެ ގުރޭޑްގެ ދަރިވަރުންނަށްގެ ތެރެއިން ގްރޭޑް 8 ދަރިވަރުންގެ ކިޔެވުން ސްކޫލުތަކުގައި ފެށުމަށް ނިންމަވާފައި ވަނީ، މިހިނގާ އޮކްޓޫބަރުމަހުގެ 19 ވާ ހޯމަ ދުވަހުން ފެށިގެންނެވެ. އަދި އޮކްޓޯބަރު 25 އިން ފެށިގެން ގްރޭޑް 7 ގެ ދަރިވަރުންނަށް މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭން ނިންމާފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.

އެގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ކަމަށް އެ ސިޓީގައި ވެއެވެ.

ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް މި މަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ނިންމާފައި ވާއިރު، ގްރޭޑް 9 އިން 12 އާ ދެމެދުގެ ކުދިންނަށް މިހާރު އަންނަނީ ސްކޫލުތަކުގައި ކިޔަވައިދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!