މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ 30 ޕަސެންޓު ދަށް

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ30.9 ޕަސެންޓު ދަށް ވެއްޖެ އެވެ.

މީރާއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާގޮތުގައި މިދިޔަ މަހު އެ އޮތޯރިޓީ މެދުވެރިކޮށް ދައުލަތަށް ލިބިފައިވަނީ843.04 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައި ބަލާއިރު30 ޕަސެންޓު ދަށް އަދަދެކެވެ.

މީރާއިން ވިދާޅުވީ، ސެޕްޓެމްބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ސެޕްޓެމްބަރު 2020 ގައި ލިބިފައިވާ އާމްދަނީދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ.

މިގޮތުން، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައިަކަމަށް މީރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި އިތުރުކުރެވިފައިވުމުން، މި މުއްދަތުގައި ލިބިފައިވާ އާމްދަނީ، މީގެ ކުރީ އަހަރުގެ މި މުއްދަތާއި ބަލާއިރު މަދުކަމަށް މީރާއިން ފާހަގަކުރައްވާފައިވެއެވެ.

މީރާ މެދުވެރިކޮށް މިދިޔަ މަހު ލިބުނު އާމްދަނީގެ 45 ޕަސެންޓަކީ އިންކަމް ޓެކްސްޓެވެ. ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ25 ޕަސެންޓު ހިއްސާ ކުރާއިރު ބީޓިބީ17 ޕަސެންޓު ހިއްސާ ކުރެއެވެ.

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 76.74 މިލިއަން ލިބިފައިވާކަމަށް މީރާއިން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!