ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ޓްރޭނިން އެއް

ތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކުއަލިޓީ ސްޓޭންޑެޑެއް ޤާއިމްކުރުމުގެ ގޮތުން ކޮމްޕްލަޔަންސް އޮފިސަރ ޓްރެއިނިން ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި ޔޫރަޕިއަން އޮގަނައިޒޭޝަން ފޯ އެކްސްޕޯޓް ކޮމްޕްލަޔަންސް (އެއިފެކް) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ ޓްރެއިނިން ޕްރޮގްރާމެކެވެ.

މި ޓްރެއިނިން ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކޮވިޑްގެ މިހާލަތުގައި މިފަދަ ޕްރޮގްރާމެއް ފެށުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އަދި މިއީ މުހިއްމު ކަމެއްގެ ފެށުން ކަމަށެވެ. އަދި މިއީ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުމުން އަރައިގަންނަން ލިބުނު ރަނގަޅު ފުރުޞަތެއް ކަމަށާއި ރިސޯޓް، ގެސްޓްހައުސް އަދި ސަފާރީތަކުންވެސް ބައިނަލްއަޤްވާމީ ފެންވަރެއްގެ ސެޓްފިކެޓެއް ހޯދުމަކީ އެފަރާތްތަކުން ފަތުރުވެރިންނަށް ދެވޭ ޚިދުމަތުގައި އިތުބާރު ދެމެހެއްޓިގެންދާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އާ ބަދަލު ތަކާއެކު، މި ވިޔަފާރި އަލުން ހުޅުވާލާއިރު ކޮވިޑާ ގުޅިގެން އަޅާފަައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަަހުލުވެރި ކުރުވަން ޓޫރިޒަމް މިނިސްޓްރީން ހިންގާ ‘އެއިފެކް ކޮމްޕްލައިއެންސް އޮފިސާ ޓްރޭނިން ޕްރޮގްރާމް’ގައި 830 މީހުން ބައިވެރި ވި އެވެ. އޭގެތެރޭގައި، 630 ގެސްޓްހައުސް ހިންގާ މީހުންނާއި ރަށްރަށުގެ ކައުންސިލުން 200 މީހުން ބައިވެރިވި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ޓްރޭނިންގެ ސަބަބުން، ކޮވިޑުގެ ބަދަލުތަކާއެކު އަލުން ގެސްޓުހައުސްތައް ހުޅުވާލާއިރު، ގެސްޓްހައުސްތަައް ހިންގާ މީހުންނަށް ވިޔަފާރި ފެށުމަށް ހިތްވަރު ލިބޭނެ ކަމަށެވެ. އަދި، އެޗްޕިއޭގެ ގަވައިދުތަކާ އެއްގޮތަށް އެންމެ ރައްކާތެރިގޮތުގައި ގެސްޓްހައުސް ހިންގާނެ ގޮތްތައް ކިޔައިދެވޭނެ ކަމަށެވެ.

ކޮންމެ ދުވަހަކު ދެ ގަޑިއިރަށް، ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިޓްރެއިނިން ޕްރޮގްރާމް ފެށުމަށް ގަސްތުކޮށްފައިވަނީ އޮކްޓޯބަރ 20 ވަނަ ދުވަހުއެވެ. މުޅިން ހިލޭ ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމް ނޮވެމްބަރ 2 ގެ ނިޔަލަށް ކުރިއަށްގެންދާ މިޕްރޮގްރާމް ނިމުމުން ބައިވެރިންނަށް އެއިފެކްގެ ސެޓްފިކެޓެއް ލިބޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!