ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޤައުމަށް އެންމެ ހެޔޮގޮތް އިސްކޮށްގެން: ނައިބު ރައީސް

ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޤައުމާއި މުޖުތަމަޢަށް އެންމެ ހެޔޮގޮތް އިސްކޮށްގެންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޑްރަގް ކޯޓަށް ޒިޔާރަތްކުރައްވާ، އެ ތަނުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް މުޅި ދައުލަތުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާނީ ޤައުމާއި މުޖުތަމަޢަށް އެންމެ ހެޔޮގޮތް އިސްކޮށްގެން ކަމުގަ ވިދާޅުވެފައެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މުޅި ދައުލަތުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާނީ ޤައުމާއި މުޖުތަމަޢަށް އެންމެ ހެޔޮގޮތް އިސްކޮށްގެން ކަމުގައެވެ. އަދި، މި ކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކުން އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރުމުން، މި ކަމުގައި ވެސް ކާމިޔާބީ ލިބޭނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުން އެއްވެސް ދާއިރާއަކުން އެއްވެސް މީހަކު ބާކީވިޔަ ނުދެއްވާނެކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑްރަގް ކޯޓުގެ އިސްވެރިން ވަނީ، މި ވަގުތު އެ ކޯޓަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. މިގޮތުން، އެ ބޭފުޅުން ފާހަގަކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި، ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި، ޑްރަގް ކޯޓު ހިންގާ ޢިމާރާތަށް ކުރިމަތިވެފައިވާ ދަތިތައް ހިމެނެއެވެ. އަދި، އެ ކޯޓަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!