ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދާއި ސުވާލު ކުރެއްވުން މާދަމާގެ ޖަލްސާގައި

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދަވާކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދާއި ސުވާލުކުރެއްވުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި އެޖެންޑާކޮށްފައި ވަނީ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަޙީދާއި ކުރައްވާ ސުވާލެވެ.

މެންބަރު ޖާބިރުގެ ސުވާލުގައި، ދިވެހި ސަރުކާރުން ޗައިނާ އާއި އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން، ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައި، މަސްވެރިކަމުގެ ދޮރުތައް ބަންދުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައި، ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި މަސްވެރިން މަގުމަތިކޮށް ނިކަމެތި ކުރަމުންދާކަމަށާއި، މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދަވާކަމަށް ވިދާޅުވެ އެކަމުގެ ސަބަބާއި ބެހޭގޮތުން ވަނީ ސުވާލު ކުރެއްވުމަށް ހުށައަޅުއްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!