ވަކީލަކު ބޭނުމެއް ނޫން: އަދުހަމް

ވަކީލަކު ބޭނުން ނޫން ކަމަށާއި ވަކީލަކަށްވުރެން އޭނާގެ ދޫ ވެސް ވަކި ފަރިތަ ނުވެދާނެ ހެން ހީ ނުވާކަމަށް، ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމަށް އިއުތިރާފުވުމަށް ފަހު، ފަހުން އެކަމަށް އިންކާރުކޮށްފައިވާ މުހައްމަދު އަދުހަމް ބުނެފި އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ އަދުހަމާ ދެކޮޅަށް އުފުލާފައި ވާއިރު، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އޭނާ ކުށަށް އިއުތިރާފުވި އެވެ. އަދި ދައުލަތުގެ ވަކީލަކު ހިޔާރު ކުރި އެވެ.

ނަމަވެސް ހަމަ އެ ހަފްތާގައި ބޭއްވި ދެވަނަ އަޑުއެހުމުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށް، އަމިއްލައަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދިނުމަށް އެދިފަ އެވެ. 

މިއަދު ބޭއްވި އެމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމް ވަނީ ވަކީލަކު ބޭނުންނުވާކަމަށާއ މައްސަލައާ އެކު ކުރިއަށް ދިއުމަށް ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެގޮތަށް ކުރިއަށް ދާން ބޭނުންވަނީ މައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުމެއް އޭނާ އަތަށް ލިބުމުން ކަން ފާހަގަކުރި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!