ހިތާއި ސިކުނޑިއަށް ލިބޭ ވޭނަކީ، ފުން ޒަހަމަކަށް ވުރެ ތަހައްމަލު ކުރަން އުދަނގޫ ބޮޑު ވޭނެއް: ނައިބު ރައީސް

ހިތާއި ސިކުނޑިއަށް ލިބޭ ވޭނަކީ ހަށިގަނޑަށް ލިބޭ ފުން ޒަހަމަކަށް ވުރެ ތަހައްމަލު ކުރަން އުދަނގޫ ބޮޑު ވޭނެއް ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ، ހޮނިހިރު ދުވަހު ފާހަގަކުރި ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ މުނާސަބަތުގައި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ކޮވިޑްގެ ސަބަބުން މުޅި ދުނިޔެއަށާއި ރާއްޖޭގެ ރައްޔިތުންނަށްވެސް ނަފުސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

“ވަޒީފާތައް ވަގުތީ ގޮތުންނާއި އަދި ދާއިމީކޮށް ގެއްލި ސްކޫލްތައް ބަންދު ވެ، ދަރިވަރުންގެ ކިޔެވުމުގެ ފަރުސަތު ހަނިވެ، ވިޔަފާރިތައް ހީނަރުވެ، ރިސޯޓުތައް ބަންދުކުރަން ޖެހި، އިޖުތިމާއީ ގުޅުމާއި އާއިލީ ގުޅުންތަކަށް ބުރޫ އަރައިގެން ދާދިއުން ވެގެން މިދަނީ ކެތްކުރަން ދަތިކަމެއްގެ ގޮތުގައި” ނައިބު ރައީސް ވިދާޅުވިއެވެ.

އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންގެ ހަޔާތުގައި އެންމެ ބޮޑަށް އަޅާލުމާއި އެހިތެރިކަން ބޭނުންވާ ވަގުތަކީ، މިފަދަ ދަނޑިވަޅުތަކުގައި ކަމަށެވެ. އަދި ކުޑަކުދިންނަށް އޯގާތެރިވެ އާއިލާގެ ލޯބި ހޯދައި ދިނުމާއި، އަންހެން ބޭފުޅުންނަށް ގަދަރުކޮށް އިހްތިރާމް ކުރާބަޔަކަށް ވުމަށް ނައިބް ރައީސް ގޮވައިލެއްވިއެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށް ނިސްބަތްވާ މުސްލިމް އެކުވެރި ބަޔަކަށް ވީ ހިނދު އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ނައިބް ރައީސް ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!