ނީތޫ މި ތައްޔާރު ވަނީ ރަންބީރް އަދި އާލިޔާގެ ކައިވެންޏަށް!

ނީތޫގެ ނަށާ ވީޑިއޯއެއް ވަނީ ދާދި ފަހުން ވައިރަލް ވެފައެވެ. އަދި ގިނަ ވަނީ ގިނަ ބެލުންތެރިންގެ ސަމާލުކަން ހޯދާފައެވެ. ރަންބީރް ކަޕޫރުގެ މަޝްހޫރު ފިލްމެއް ކަމަށްވާ “ޔޭ ޖަވާނީ ހެ ދީވާނީ”ގެ ގާގްރާ އަށް ނަށާ މި ވީޑިއޯގައި ނީތޫ ކަޕޫރު ނަށަމުން ގެންދަނީ ކޮރިއޫގްރަފާރ ރަންޖޭދްރާ ސިންގއާއި އެއްކޮށެވެ.

މިވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ވުމާއިއެކު ގިނަ ބެލުންތެރިންގެ ފާޑުކިއުންތައް އޮހެން ފަށައިފިއެވެ. އެގޮތުން ގިނަ ބަޔަކު އެންމެ ގިނައިން ކުރި ސުވާލަކީ ނީތޫ ކަޕޫރު އޭނާގެ ދަރިފުޅު ރަންބީރް ކަޕޫރު އަދި އާލިޔާ ބަޓްގެ ކައިވެންޏަށް ތައްޔާރުވަނީތޯއެވެ. އިތުރު ފަރާތަކުން ކޮށްފައިވާ ކޮމެންޓެއްގައި ” ޝީކޭން ސްޓިލް ގިވެ ކޮމްޕެތިޝަން ޓު ޓުޑޭސް ހީރޮއިންސް، މައިންޑް ބްލޯވިންގ.. އޯސަމް”.

މިގެ އިތުރުން، ވަރަށް ފަހުން ކުރި އިންޓަވިއުއްގައި ރަންބީރް ކަޕޫރު އަދި އާލިޔާބަޓްގެ ކައިވެންޏާއިމެދު ދެކެވެމުން އަންނަ ވާހަކަތަކަކީ ތެދުތޯ އެހުމުން ބުނެފައިވަނީ ” ކޮންމެ ހަފްތާއަކު އާ ތާރީޚެއް ނޫނީ އާ ވާހަކައެއް އަޑުއިވޭ. މިކަންތައް އަހަންނަށް ވަރަށް އެންޓަރޓެއިނިން”އެވެ.

ކަންތައް މިހެން އޮތްއިރު ރަންބީރް ކަޕޫރު އަދި އާލިޔާ ބަޓް ފުރަތަމަ ފަހަރަށް އަޔާން މުކެރްޖީގެ ބްރަމަސްޓްރާ އިން ފެނިގެންދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!