އިބްރާހިމް ގެ މި ފޮޓޯ ފެނި ޒުވާން އަންހެން ކުދިންގެ ހިތް އޮބިނޯވެގެން އެބައުޅޭ!

އިބްރާހިމް އަލީ ޚާންގެ ފަހުގެ އިންސްޓަރގްރާމް ފޮޓޯއަށް ގިނަ ފޭނުންގެ ތައުރީފުތައް ލިބެންފަށައިފިއެވެ. އިބްރާހިމް އަލީ ޚާންއަކީ ސޯޝަލް މީޑިއަގައި ވަރަށް “އެކްޓިވް” ފަންނާނެކެވެ.

އެގޮތުން އިބްރާހިމްގެ އާއިލާގެ މެމްބަރުންނާއި އެކު ނަގާފައިވާ ގިނަ ފޮޓޯތައް އޭނާވަނީ ސޯޝަލް މީޑިއާގްި ހިއްސާކޮށްފައެވެ.
ގިނަ އަންހެން ފޭނުންގެ ސަމާލުކަން ހޯދައިފައިވާ މި ފޮޓޯއަކީ އިބްރާހިމް އަލީ ޚާން ޕޫލްއެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯއެކެވެ.

މިފޮޓޯއާއި އެކު އޭނާ ލިޔެފައިވަނީ ކުރީގެ ބްރިޓިޝް ބޮޑުވަޒީރު ވިންސްޓަން ޗާރޗިލްގެ މަޝްހޫރު ބުނުމެއް ކަމަށްވާ “އިފް ޔޫއާރ ގޮއިންގް ތްރޫ ހެލް، ކީޕް ގޮއިން”. އެވެ.

މިފޮޓޯއަށް ލިބިފައިވާ ކޮމެންޓްތަކުގެ ތެރޭގައި “ކާރބަން ކޮޕީ އޮފް ސައިފް” “ގޫޑް ލޫކިން އިބްރާހިމް ސާރ” އަދި “ވަޓްއަ ހޮޓީ” ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!