74 މީހަކު ހޮސްޕިޓަލްގައި، 3 މީހަކު އައިސީޔޫގައި

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 74 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި ކަމަށާ އޭގެ ތެރެއިން ދެ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ. 

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ކޮވިޑަށް ހާއްސަކޮށްފައިވާ ސެންޓަރުގައި އެކަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި ވޯޑްގައި ތިން މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. 16 ވަނަ ފަންގިފިލާއަކީ ހަދާފައިވަނީ މާބަނޑު މީހުންނަށް ހާއްސަ ވޯޑެކެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބީ 64 މީހުންނެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. ގއ އަތޮޅު ކޮވިޑް ފެސިލިޓީގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 10،859 ވަނީ އަރާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!