އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ފެނަކައިން ފަށައިފި

އިޔާދަ ކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް ކަރަންޓާއި ފެނާއި ނަރުދަމާއަށް ހާއްސަ ކުންފުނި، ފެނަކައިން ފަށައިފި އެވެ.

ފެނަކައިން ބުނީ ޅ. އޮޅުވެލިފުށީގައި ފެށި އެ މަޝްރޫއުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންްމާނެ ކަމަށާއި ވަރަށް ބޮޑު އެ މަޝްރޫއުގެ ދަށުން 150 ކިލޯވޮޓުގެ ސޯލާ ޕީވީ އޮޅުވެލިފުށީގައި އިންސްޓޯލް ކުރާނެ ކަމަށެވެ.

އަދި މި ޕްރޮޖެކްޓުގެ ދަށުން 12 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލް ކުރުމުން ތެލުގެ ހަރަދުން އަހަރަކު 47.5 މިލިއަން ރުފިޔާ ސަލާމަތް ވާއިރު ޖައްވަށް ބޭރުކުރާ ވިހަ ގޭސް، ކާބޮން ޑައިއޮކްސައިޑްގެ 16.5 ޓަނު މަދުވާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!