ދަތުރު ކުރަމުން ދިޔަ ލޯންޗެއް ދިޔަވާތީ ކޯސްޓުގާޑުން އެހީތެރިކަން ފޯރުކޮށްދީފި

މާލެއިން ފުރައިގެން ފިނޮޅަކަށް ދަތުރުކުރަމުން ލޯންޗްއެއް ދިޔަވަމުންދާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ، “އޯޝިއަން މޯލްޑިވްސް” ނަމަކަށް ކިޔާ ލޯންޗްއެއް ދިޔަވަމުންދާތީ ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:21 ހާއިރު ކަމަށެވެ. އަދި އެ ލޯންޗްގައި އެވަގުތު ތިބީ ތިން މީހުން ކަމަށެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީގައި އެ ލޯންޗު މިހާރުވަނީ ކ. ތިލަފުއްޓަށް ގެންގޮސްފައެވެ.

ބޯކޮށްވާރޭވެހި ކަނޑުގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާއިން ވަނީ ކ. އަތޮޅަށް ރޭގެ ވަގުތެއްގައި ވައިޓް އެލާރޓް ނެރެފައެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ އާއި، ވައިގަދަ ވުމާއި އަދި ކަނޑުތައް ގަދަވުމުންދާ ދުވަސްވަރެއް ކަމަށްވާތީ، ކަނޑުމަތީގައި ހިނގާފާނެ ހާދިސާއަކަށް ސަމާލުވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!