ނަފްސާނީ މައްސަލަތަކުގެ ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ނަފްސާނީ މައްސަލަތަކުގެ ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މެންޓަލް ހެލްތް ޑޭއެވެ. މި ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ނަފްސާނީ މައްސަލަތަކަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދެވިގެންދިޔަ ކަަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މަސައްކަތްތައް ކުރަނީ ރާއްޖޭގެ ސިއްހީ ނިޒާމު ދުވަހުން ދުވަހަށް ހަރުދަނާކޮށް، ސިއްހީ ނިޒާމުގެ ތެރެއިން ނަފްސާނީ މައްސަލަތަކަށް ފަސޭހައިން އާންމު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ މުޅި ރާއްޖެއަށް ނަފްސާނީ މައްސަލަތަކުގެ ފަރުވާގެ ޚިދުމަތް ފުޅާ ކުރާނެ ކަަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި އެކަމަށް އާންމުން ހޭލުންތެރި ކުރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!