ބޯޑަރު ހުޅުވާލިފަހުން 22000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 22000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 22007 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެގެ ބޯޑަރު ބަންދުކުރުމާއި ހަމައަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 382760 (ތިންލައްކަ އަށްޑިހަ ދެހާސް ހަތްސަތޭކަ ފަސްދޮޅަސް) ފަތުރުވެރިންނެވެ. ބޯޑަރު ހުޅުވާލުމާއިއެކު ޖުލައިމަހު 1752 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، އޮގަސްޓްމަހު 7628 ފަތުރުވެރިން އަދި ސެޕްޓެމްބަރމަހު 9538 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އައިސްފައިވަނީ 3140 ފަތުރިންނެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 404854 (ހަތަރުލައްކަ ހަތަރުހާސް އަށްސަތޭކަ ފަންސާސް ހަތަރެއް) ފަތުރުވެރިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!