ހުޅުމާލޭ ޖަލު އާއްމު ހާލަތަށް

ހުޅުމާލޭ ޖަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ބަލީން ރަނގަޅުވުމާއެކު، ކަރަންޓީނުގެ މުއްދަތު ނިންމައި އެ ޖަލު އާއްމު ހާލަތަށް ރުޖޫއަކޮށްފި އެވެ.

ހުޅުމާލޭ ޖަލުން ޕޮޒިޓިވްވި ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ އިމިގްރޭޝަން ގާނޫނާ ހިލާފު ވެގެން ފުރުވާލެވެން ދެން ބައިތިއްބާފައި ބިދޭސީންގެ އިތުރުން އެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ހަވާލާދީ ކަރެކްޝަންސުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އަދި އެއާ ގުޅިގެން ނެގި ސާމްޕަލްތަކަށް ފަހު އިތުރު ގައިދީންނާއި ބަންދުގައި ތިބި މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.

ނަމަވެސް ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވީ، ހުޅުމާލޭ ޖަލުން ކޮވިޑަށް ޕޮޒިޓިވްވި ގައިދީނާއި ބަންދު މީހުން މިހާރު އެ ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެއާއެކު ޖަލުގައި އޮތް ކަރަންޓީނު މުއްދަތު ނިމި މިއަދުން ފެށިގެން ޖަލު އާއްމު ހާލަތައް ބަދަލުވެފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!