ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމާއި ގުޅިގެން މިފްކޯއިން މަސް ގަންނަ އަގު ދަށްކޮށްފި

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމާއި ގުޅިގެން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިފްކޯއިން ދަށްކޮށްފިއެވެ.

މިފްކޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި އަގުތަކަށް ބަލައި މިއަދުން ފެށިގެން މިފްކޯގެ ކާރުހާނާތަކަށާއި ބޯޓްފަހަރަށް އައިސް އެޅި މަސްކިލޯއެއް ގަންނަމުންދާނީ ކިލޯއެއް 16 ރުފިޔާއަށް ކަމަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާއަށެވެ. އަދި 10 ރުފިޔާއަށް ގަންނަމުންދިޔަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި މިއަދުން ފެށިގެން ގަންނާނީ 9 ރުފިޔާއަށް ކަމަށާއި އައިސް ނާޅާ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 7 ރުފިޔާއަށްކަމަށްވެސް މިފްކޯއިން ބުނެއެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތްތާނގައި މަހުގެ އަގު ރަނގަޅުވެގެންދިޔުންކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގައި މަސްވެރިންގެ އަތުން އެންމެ ރަނގަޅު އަގެއްގައި މަސް ގަންނަނީ މިފްކޯއިންކަން އިސްމާއިލް ފާހަގަކުރެއްވިއެވެ.

” މަހުގެ އަގު ފިކްސްކޮށްގެން ކުރިން ގަންނަމުން ދިޔައީ، މިހާރު ބާޒާރުގައި މަހުގެ އަގު ގޮތަކަށް ބަލާފަ މަސްވެރިންގެ އަތުން މަސްގަންނަމުން މިދަނީ، ބާޒާރުގައި ރަނގަޅު އަގެއް އޮތިއްޔާ މަސްވެރިންގެ އަތުންވެސް މަސް ގަންނާނީ ރަނގަޅު އަގެއްގައި،” އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯއިންވަނީ ސެޕްޓެމްބަރމަހުގެ 20ވަނަ ދުވަހުގެ މިފްކޯއަށް މަސްގަންނަ އަގުތައް ދަށްކޮށްފައެވެ. އެގޮތުން މަހުގެ ކޮންޓްރޯލް އަގު ދޫކޮށްލިކަން އިއުލާންކޮށް މިފްކޯއިން 1.5 ކިލޯއިން މަތީގެ މަހާއި ކަންނެލި ކިލޯއެއް ގަންނަމުން ދިޔައީ 18 ރުފިޔާއަށެވެ. އަދި ފިނިނުކުރާ މަސް ކިލޯއެއް ގަންނަމުންދިޔައީ 16 ރުފިޔާއަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!