ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޤަތަރު އެއަރވޭސްއިން

ސެޕްޓެމްބަރުމަހުގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ދަތުރުކޮށްފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓްތަކުގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރމަހުގެ ނިޔަލަށް ބައިނަލްއަޤްވާމީ 9 ފްލައިޓަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. މީގެތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓްތަކުންނެވެ. ސެޕްޓެމްބަރުމަހުގެ ނިޔަލަށް އެ އެއަރލައިނުން ރާއްޖެއަށް 4566 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މި މުއްދަތުގައި ޤަތަރު އެއަރވޭސްގެ 60 ފްލައިޓެއް ވަނީ ރާއްޖެއަށް ބާއްވާފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލި ދުވަހު ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީވެސް ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ. ޤަތަރު އެއަރވޭސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޤަތަރުގެ ވެރިރަށް ދޯހާއިން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އެމިރޭޓްސްއިންނެވެ. އެމިރޭޓްސްއިން ރާއްޖެއަށް 50 ދަތުރު ކޮށްފައިވާއިރު މި ދަތުރުތަކުގައި 4058 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

3 ވަނައިގައި އޮތީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފެށި އޭރޯޕްލޮޓެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!