ދެ ބާވަތެއްގެ ފިޔާ އެކްސްޕޯޓު ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދެނީ

ދެ ބާވަތެއްގެ ފިޔާ އެކްސްޕޯޓު ކުރުމުގެ ހުއްދަ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

ބޭރުގެ މީޑިއާތަކުން ދައްކާގޮތުގައި އިންޑިއާ ސަރުކާރުން ވަނީ ހުކުރު ދުވަހު އިންޑިއާ ބެންގަލޯރ ރޯޒް ފިޔާ، އަދި ކްރިޝްނަޕޫރަމް ފިޔާ އެކްސްޕޯޓު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައެވެ.

އެގައުމުގެ ސަރުކާރުން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހާއި ހަމަޔަށް ކޮންމެ ބާވަތަކުން 10،000 މެޓްރިކް ޓަނުގެ ފިޔާ އެކްސްޕޯޯޓު ކުރުމުގެ ހުއްދަ ދިނުމަށެވެ. އެގޮތުން މި ފިޔާތައް އެކްސްޕޯޓު ކުރެވޭނީ ހަމައެކަނި ޗެންނާއި ޕޯޓުން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އިންޑިއާގެ ޔޫނިއަން ކޮމަރސް އަދި އިންޑަސްޓްރީ މިނިސްޓަރ ޕިޔޫޝް ގޯޔަލް ކުރެއްވި ޓުވީޓެއްގައި ވަނީ މި ނިންމުމުގެ ސަބަބުން އިންޑިއާގެ ދަނޑުވެރިން ބާރުވެރިކުރުވާ އެމީހުންނަށް ލިބޭ އާމްދަނީ ވެސް އިތުރުވެގެންދާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!