ސައުދީ އަރަބިއްޔާގައި ކޮވިޑް-19ގެ ކޭސްތައް ރިޕޯޓު ކުރެވޭ މިންވަރު ދަށްވެއްޖެއެވެ.
ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެ، ބަލިން ފަސޭހަވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ހުކުރު ދުވަހު ބައްޔަށް ޕޮޒިޓިވްވެގެން ރިޕޯޓު ކޮށްފައިވަނީ ޖުމްލަ 407 ކޭސްއެވެ.
ސައުދީގެ ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޭސްތައް ރިޕޯޓު ކުރާ މިންވަރު ދަށްވި ނަމަވެސް ހާލު ސީރިއަސްވުމާ ގުޅިގެން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 24 މީހަކު ވަނީ މަރުވެފައެވެ.
މިހާތަނަށް ސައުދީގައި ކޮވިޑް-19ގެ 338،539 ކޭސް ރިޕޯޓު ކޮށްފައިވާއިރު، 4996 މީހުން މަރުވެފައިވެއެވެ.