މާފަންނު މަދަރުސާގައި މާރާމާރި ހިންގިކަމުގެ ތުހުމަތުތައް މެމްބަރު އިކްރާމް ދޮގު ކުރައްވައިފި

މާފަންނު މަދަރުސާގައި މާރާމާރީ ހިންގިކަމުގެ ތުހުމަތުތައް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ދޮގު ކުރައްވައިފިއެވެ.

މާފަންނު މަދަރުސާ ތެރޭގައި މެމްބަރު އިކްރާމް ކޮވިޑްގެ ސާމްޕަލް ނަގާ ކުއްޖަކާއި މެދު މާރާމާރީ ހިންގި ކަމަށް ފެތުރެމުންދާ ޚަބަރަކާއި ގުޅިގެން މެމްބަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައިވަނީ މި ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

އެ ހާދިސާ ހިނގާދިޔަގޮތް ހިއްސާ ކުރައްވަމުން އިކުރާމް ވިދާޅުވީ ކޮވިޑް ސާމްޕަލް ނެގި ވަގުތު ތަދު އިހުސާސް ކުރެވުމުން ސާމްޕަލް ނެގުމަށް ބޭނުން ކުރާ ކަފަބުރު ނެގުމަށް ވިދާޅުވެ ސާމްޕަލް ނަގަން ހުރި ފަރާތުގެ އަތް ދުރުކޮށްލި ކަމަށެވެ. އަދި ނުރުހުމުގެ ރާގަކުން އެ ފަރާތުގެ ނަން ސާފު ކުރުމަށް އެއްސެވި ކަމަށެވެ.

” މާފަންނު މަދަރުސާގަ ސާމްޕަލް ނަގަން ހުރި ކުއްޖާ ނޭފަތު ތެރެއަށް ސާމްޕަލް ނަގާ އެތި ލައްވާފަ ތަޅުވައިގަތީމަ ތަދުވިވަރުން އެ ކަފަ ބުރު ނެރުމަށް މޫނާ ކައިރީގަ އޭނާގެ އަތް ދުރަށްލިން. އަދި ވަރަށް ރުޅި އައިސް ބުނެވުނު މިހާ އަނިޔާވެރުކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނަގަން ބައިތިއްބަން ނުވާނެ ކަމަށް އަދި އޭނާ އަށް ކިޔަނީ ކޮން ނަމެއްތޯވެސް އެހުނު. ނަމެއް ނުބުނި”

އޭނާ ވިދާޅުވީ އެއަށް ވުރެ ބޮޑު ކަމެއް ނުހިނގާ ކަމަށާއި އެތަނުގައި ސީސީޓީވީ ކެމެރާ ހުރިނަމަ އެކަން ސާފުވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!