އައްޑޫ ފްލައިންގ ސްކޫލް ދަރިވަރުންގެ ކަންބޮޑުވުންތަކާއިއެކު ހަޅުތާލަކަށް ދަނީ

އޭޝިއަން އެކަޑަމީ އެއިރޮނޯޓިކްސް (އައްޑޫ ފްލައިންގ ސްކޫލް) ދަރިވަރުންގެ ކަންބޮޑުވުންތަކާއިއެކު ހަޅުތާލުކުރުމަށް ނިންމައިފިއެވެ.

އައްޑޫ ފްލައިންގ ސްކޫލުގެ ދަރިވަރުން އެ ސްކޫލަށް ފޮނުވާފައިވާ ސިޓީ ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. މި ސިޓީގައި ދަރިވަރުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ކޯސް ނިންމުމަށް ތާވަލުކޮށްފައިވާ މުއްދަތުގައި ކޯސް މިފަހުގެ ތާރީހުގައި ނިންމި ދަރިވަރެއް ނެތް ކަމަށާއި، ގިނަ ދަރިވަރުންނަކީ މިހާރު އިމްތިހާނު ނިންމާފަވާ ދަރިވަރުން ކަމަށެވެ.

ނަމަވެސް ނަތީޖާ ނުލިބި ގިނަ ދުވަސްތަކެއް ވަމުން އަންނަ ކަމަށް ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ. އައްޑޫ ފްލައިންގ ސްކޫލްގެ ދަރިވަރުން ވަނީ އެ ދަރިވަރުންގެ ކަންބޮޑުވުންތައް ސިވިލް އޭޝިއަންއާވެސް ހިއްސާކޮށްފައެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް އައްޑޫ ފްލައިންގ ސްކޫލްގެ ދަރިވަރަކު ބުނީ ސްކޫލްގެ ކަންކަން މިވަގުތު ހުރި ގޮތުން ދަރިވަރުންނަށް ކުރިއެރުމެއް ލިބޭގޮތް ނުވާ ކަމަށާއި، އެގޮތުން މިހާރު ހެދިފައިވާ ޕެޓިޝަނުގައި 80 އަށްވުރެ ގިނަ ދަރިވަރުން ސޮއި ކޮށްފައިވާއިރު 115 އަށްވުރެ ގިނަ ދަރިވަރުން މިކަމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ސިޓީގެ ޒަރިއްޔާއިން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނަސްފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ސްކޫލުގައި މިހާރު 175 ދަރިވަރުން ތައުލީމު ހާސިލުކުރާ ކަމަށާއި، އެކަމަކު ކިޔަވައިދޭން ތިބޭ އިންސްޓްރެކްޓަރުންގެ އަދަދު މަދު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!