ފައިތިލަ ފަޅައިގެން ދިއުމަށް ފަސޭހަ ހައްލެއް

ފުންނާބު ހަލާކުވެ ފަޅައިގެން ދިޔުމަކީ ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. ހާއްސަކޮށް އަންހެނުންނަށް ދިމާވާ މައްސަލައެކެވެ.

ފައިތިލަ ނުވަތަ ފުންނާބު ފަޅައިގެން ދާން ދިމާވާ މައިގަނޑު އެއް ސަބަބު ކަމަށްވަނީ ހަން ބޯވެ، ހިކުމުންނެވެ. އޭގެ ސަބަބުން މުޅިފައިތިލައިގެ ރީތިކަމާއި އޮމާންކަން ގެއްލެއެވެ. މާބޮޑު މަސައްކަތެއް ނުކޮށް ވެސް ފަޔަކީ ރީތިކޮށް އޮމާންކޮށް ބެހެއްޓިދާނެ ގުނަވަނެކެވެ. 

ފުންނާބުގެ ހަންބޯވެ ފަޅައިގެންދާ މައްސަލައަށް، ގޭގައި ތިބެގެން ވެސް ފަރުވާ ކުރެވިދާނެއެވެ. އެގޮތުން ކޮންމެރެއަކު ފުރަތަމަ ފައިގެ ހަންގަނޑު މަޑުކުރުމަށްޓަކައި ތާފަނާ ފެނަށް  ލުނބޯ ހުތް އެޅައި އޭގެ ތެރޭގައި ފައި ފޯކޮށްލާށެވެ. މިހެން ހެދުމުން ހަންގަނޑު މަޑުވެ، ހަމުގައި ހަރުލާފައި ހުންނަ ހަޑިތައް ފިލުވަން ފަސޭހަވެ އެވެ.

އެއަށްފަހު ފައި އުނގުޅުމަށް ހާއްސަކޮށްފައިވާ ގަލަކުން ނުވަތަ ފައި ގާނަން ބޭނުންކުރާ އެއްޗަކުން ފައިތިލަގައި ހަން ބޯވެފައި ހުރި ދިމާތަކުގައި މަޑުމަޑުން އުނގުޅާށެވެ. 

އެއަށްފަހު ކާށިތެޔޮ ބޭނުން ކޮށްގެން ފައިތިލަ މަސާޖުކޮށްލާށެވެ. މަސާޖުކޮށް ނިމުމުން އިސްޓާކީނަށް އަރައިގެން އޮވެ ނިދާށެވެ. ކާށިތެޔޮ ނެތް ނަމަ ވެސްލިން ނުވަތަ އަލޯވީރާ ނުވަތަ ރަނގަޅު މޮއިސްޗަރައިޒާއެއް ބޭނުން ކޮށްލާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!