ބިގް ބޮސްގެ އާ ސީޒަން އިން ގިނަ ބަޔަކު އެންމެ މިސްވެގެން އުޅެނީ މި ތަރި

ބިގް ބޮސްގެ އާ ސީޒަން ފެށިގެން ކުރިޔަށް ދާއިރު ގިނަ ބަޔަކު އެންމެ މިސްވެގެން އުޅެނީ މިދިޔަ ސީޒަން އިން ފެނިގެން ދިޔަ ޝެހެނާޒް ގިލްއެވެ.

މިފަހަރުގެ ބިގް ބޮސް-14 ކުރިޔަށް ގެންދަނީ އެހެން އަހަރުތަކާއި ހިލާފަށް ކުރީގެ ސީޒަން ތަކުން މަޝްހޫރުވި ނުވަތަ ކާމިޔާބު ކުރި 3 މެމްބަރަކު 2 ހަފްތާއަށް ބިގް ބޮސް ގެއަށް ގެނެސްގެންނެވެ. އެގޮތުން މިފަހަރު ސީޒަން ފެށިއިރު ކުރިޔަށް އޮތް ދެ ހަފްތައަށް މިދިޔަ އަހަރުގެ ސީޒަން ކާމިޔާބު ކުރި ސިދާރްތު ޝުކްލާ، އަދި ބިގް ބޮސް 11ގެ ރަނަރަޕް ހިނާ ޙާން، އަދި ބިގް ބޮސް 7 ވަނަ ސީޒަން ކާމިޔާބު ކުރި ގޯހަރް ޙާން ވަނީ ޝޯގައި ބައިވެރިކޮށްފައެވެ.

މިފަހަރުގެ ސީޒަން ފެށުމާއެކު ގިނަ ބަޔަކު ދަނީ ޝެހެނާޒް ޝޯއިން ނުފެންނާތީ އެކަމާއި ވަރަށް ހިތާމަކުރާކަން ސޯޝަލްމީޑިއާގައި ފާޅުކޮށްފައެވެ. އަދި ޝޯއަށް އޭނާ ގެންނާނެތޯވެސް ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ. މިސުވާލަށް ޝެހެނާޒް މިވަނީ ޖަވާބު ދީފައެވެ.

ޝެހެނާޒްގެ އިންސްޓަގްރާމްގައި ކުރި ލައިވް ވީޑިއޯއެއްގައި ފޭނަކު ބިގް ބޮސްއަށް އަންނާނެތޯ ސުވާލުކުރުމުން އޭނާ ބުނީ އެކަން ނިމިއްޖެ ކަމަށެވެ. ޝެހެނާޒް ބުނީ އޭނާ އެތަނަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށާއި އޭނާ ބޭނުންވާ ހުރިހާ އެއްޗެއް އޭނާއަށް މިހާރު ލިބިއްޖެ ކަމަށެވެ.

ޝެހެނާޒް ބުނީ ބިގް ބޮސްއަށް ދެން ދިޔަސް ފެނިގެން ދާނީ ހަމައެކަނި މެހެމާނެއްގެ ގޮތުގައި ކަމަށާއި އެއީ ހަމައެކަނި “ހާއި، ހެލޯ، އޯކޭ، ބާއި” ބުނެލުމަށް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!