މަޑަވެލި ކޮވިޑް ފެސިލިޓީން ވައްކަން ކޮށްފި

ގދ.މަޑަވެލި ކަރަންޓީން ފެސިލިޓީގެ ދޮރުތަށް ހަލާކުކޮށްގެން އެތަނަށް ބަޔަކުވަދެ ބައެއް ތަކެތި ވަގަށް ގެންގޮސްފިއެވެ.

މަޑަވެލި ކައުންސިލްގެ ނައިބު ރައީސް އަޒަމް މުޙައްމަދު ވިދާޅުވީ، އެރަށު ކަރަންޓީން ފެސިލިޓީގެ ދޮރުތަށް ހަލާކުކޮށްގެން އެތަނަށް ބަޔަކުވަދެ ވައްކަންކޮށްފައިވާކަމުގެ މަޢުލޫމާތު ކައުންސިލަށް ލިބިފައިވަނީ މީގެތިންވަރަކަށް ދުވަސްކުރިންކަމަށެވެ. 

އަދި ފުލުހުންގެ ބޭފުޅުން ޙާޞިރުވެ، މިހާރު މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށާއި، ގެއްލުނު އެއްޗެހީގެ ތަފްޞީލެއް އެނގޭނޭ އެއަށްފަހުކަމަށްވެސް އަޒަމް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!