އައްޑޫއިން ހައްޔަރުކުރި އަށް މީހަކު ދޫކޮށްލައިފި

މިމަހުގެ ތިން ވަނަ ދުވަހު އައްޑޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކުރި އަށް މީހަކު ދޫކޮށްލައިފި އެވެ.

އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 14 މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރައްވާފައިވަނީ މިދިޔަ އާދީއްތަދުވަހުއެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮޕަޜޭޝަނާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތަޙްޤީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ މިއަދު އޭގެ ތެރެއިން 8 މީހުން ދޫކޮށްލާފައިވާކަމަށެވެ.

އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ، ސ .ހިތަދޫ، ފިނިފަރު، އުމުރުން 33 އަހަރުގެ ޢަބްދުﷲ އިބްރާހީމް އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި މި ޚާއްސަ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެދިޔައީ އުމުރުން 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުން ކަމަށާއި، މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މިހާތަނަށް ގާތްގަނޑަކަށް 98.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށާއި އޭގެތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!