ލ. ގަމުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ލ. ގަމުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެ ރަށު ކައުންސިލުން ބުނެފައިވަނީ ލ. ގަމުގައި ހޯމް ކަރަންޓީނު މުއްދަތު ނިންމި ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިކަމަށެވެ.

އެރަށުން މީގެ ކުރިންވެސް މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އެ ރަށު ކައުންސިލުން އިތުރަށް ބުނެފައިވަނީ މި ހާލަތުގައި ގެއިން ބޭރަށް ނިކުންނައިރު މާސްކު އެޅުން މަޖުބޫރު ކަމަށާއި ގޭގެއަށް ޒިޔާރތްކުރުން މަދުކުރުމަށާއި ގިނަ ގިނައިން އަތް ދޮވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!