ގއ.ކަނޑުހުޅުދޫން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ.
އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ، އުމުރުން 28 އަހަރުގެ އަންހެނެކެވެ.
ކަނޑުހުޅުދޫ ހެލްތު ސެންޓަރުން ބުނީ އެ އަންހެންމީހާ ޕޮޒިޓިވްވިކަން އެނގިފައިވަނީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވުމުން ނެގި ސާމްޕަލުން ކަމަށާއި ޕޮޒިޓިވްވިކަން އެނގިފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށެވެ.
އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ފަށާފައިވާކަމަށް ވެސް އެ ސެންޓަރުން ވަނީ ބުނެފައެވެ.