ފޮޓޯ: ދޯ

ބޮންޑާ ދޫކޮށްލައިފި

އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) މިއަދު ދޫކޮށްލައިފިއެވެ.

މި މަހުގެ ތިންވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަންގައި ބޮންޑާ އާއެކު 14 މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި 23 އަހަރާއި 40 އަހަރާ ދެމެދުގެ ފިރިހެނުން ހިމެނޭ އިރު، ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ވަނީ އަމުރުކށްފަ އެވެ. އަދި ދެން ތިބި ގިނަ މީހުންގެ ބަންދަށް ޖެހީ ފަސް ދުވަހެވެ.

ބޮންޑާގެ ބަންދަށް ޖެހި ފަސް ދުވަސް ހަމަވީ މިއަދަށެވެ.

ބޮންޑާގެ ބަންދަށް ޖެހި ފަސް ދުވަސް މިއަދަށް ހަމަވެފައިވާއިރު، އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމަކާ ނުލައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!