ދެކުނު ކޮރެއާގައި ރާއްޖެ އިސްތިހާރު ކުރަނީ

ދެކުނު ކޮރެއާގައި ރާއްޖެ ޕްރޮމޯޓް ކުރަން ހަރަކާތް ތަކެއް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުގައި މި ހަރާކުގައި އްޖޭގެ ޓެގްލައިންތައް ކަމަށްވާ “ރީޑިސްކަވާ މޯލްޑިވްސް” އާއި “ދަ ސަނީ ސައިޑް އޮފް މޯލްޑިވްސް” އޮންލައިން ޕްލެޓްފޯމްތަކުގައި އިސްތިހާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިސްތިހާރު ބަސްތަކުގައި ވެސް ޖަހާނެކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ކޮރެއާގެ “ގޭންގްނަމް” ސަރަހައްދުގަ އެވެ. މި ކެމްޕޭންގެ ދަށުން ކޮރެއާގެ ސާޗް އިންޖިން “ނޭވާ” ގައިވެސް ރާއްޖެ އިސްތިހާރު ކުރާނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ތިން މަހަށް ކުރިއަށް ގެންދާ މި ކެމްޕޭންގެ މަގުސަދަކީ ރާއްޖެއަށް އޮތް ޝައުގުވެރިކަން މަތި ކުރުން ކަމަށެވެ. މި ކެމްޕޭންގެ ދަށުން ފަސް ބަހެއްގައި ރާއްޖޭގެ އިސްތިހާރު ޖަހާނެ އެވެ. އަދި މި ކެމްޕޭންގެ ސަބަބުން 150 މިލިއަން މީހުންނަށް ރާއްޖެ ޕްރޮމޯޓް ވެގެންދާނެކަމަށް އެމްއެމްޕީއާރުސީ އިން ބުނެފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!