އިންޑިޔާގެ ކާބޯތަކެއްޗާއި ބެހޭ ވަޒީރު އަވަހާރަވެއްޖެ

ގިނަ ދުވަސްތަކެއް ވަންދެން ހަސްފަތާލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި އިންޑިޔާގެ ކާބޯތަކެއްޗާއި ބެހޭ ވަޒީރު ރާމް ވިލަސް ޕަސްވަން އަވަހާރަވެއްޖެއެވެ.

އުމުރުން 74 އަހަރުގެ ވަޒީރު ޕަސްވަން ހަސްފަތާލުގައި އެނދުމަތިކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގައެވެ. އަދި އޮކްޓޯބަރު މަހުގެ 4ވަނަ ދުހުވަހުގައިވަނީ ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައެވެ.

ވަޒީރު ޕަސްވަން އަވަހާރަވުމުން ކުރެއްވި ޓްވީޓެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވީ ވަޒީރު އަވަހާރަވިކަމުގެ ޚަބަރާއެކު ފުން ހިތާމައެއް ލިބިވަޑައިގެންފައިވާކަމަށާއި އޭނާ އަވަހާރަވުމާއި ގުޅިގެން ފޫނުބެއްދޭވަރުގެ ޤައުމަށް ހުސްކަމެއް އައިސްފައިވާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!