ތ. ގުރައިދޫ ގެއެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި

ތ. އަތޮޅު ގުރައުދޫގައި މީހުން ދިރިއުޅެމުންދާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެރަށު ކައުންސިލުން ބުނީ، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު ހުކުރު ވަގުތުގައި ކަމަށާއި، އަލިފާން ރޯވެފައި ވަނީ މީހުން ދިރިއުޅޭ ގެއެއްގައި ކަމަށެވެ.

އަލިފާން ރޯވުމާއެކު ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް އެގޭގައި ހުރި ހުރިހާ ސާމާނެއް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި ކަމަށް ތަޢުފީޤު ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!