ލ.ގަމުގެ ކަށިކޮލުގައި ކޭމްޕްޖަހައިގެން ތަމްރީންތަކެއް ފުރިހަމަކުރަމުން ގެންދާ ސިފައިންގެތެރެއިން އިތުރު 24 ސިފައިން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި މައުލޫމާތަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އަށް އިތުރު 24 ސިފައިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިއެވެ.
ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން މި މަހުގެ 01 ވަނަ ދުވަހުގެރޭ 93 ސިފައިންގެ ސާމްޕަލް ނަގާފައިވެއެވެ.
ކައްދޫގައި ޓްރޭނިންގައި ތިބި ސިފައިންގެ ތެރެއިން ބަޔަކު ފުރަތަމަ ކޮވިޑް 19އަށް ޕޮޒިޓިވްވީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެދުވަހު ޕޮޒިޓިވްވީ 25 މީހެކެވެ. އިއްޔެ ޕޮޒިޓިވް 24 ސާމްޕަލާއެކު ޖުމްލަ ޢަދަދު މިހާރު ވަނީ 59 އަށް އިތުރުވެފައެވެ.