އިންޑިއާއާއި ދެކޮޅު ކެމްޕޭންގައި އައިއެސް ކަޅު ދިދަ ބޭނުންކުރާތީ ރައީސް ނަޝީދު ކަންބޮޑުވެއްޖެ

ދިވެހިިރާއްޖޭގައި ތިބި އިންޑިއާއާއި ސިފައިން ފޭބުމަށް ގޮވާލާ ކުރިއަށް ގެންދާ ހަރާކާތުގައި އައިސިސްގެ ކަޅު ދިދަ ބޭނުންކުރަމުންދާ ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

 ހުކުރު ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިސިސްގެ ކަޅު ދިދަ ބޭނުން ކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެ ދިދައިގައި މިހާރު ވާ ލިޔުން އައިސިސް ދިދައިގެ ލިޔުމަށް ބަދަލު ކުރުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެފަދަ ރޭވުންތައް ރޭވުމަކީ މިބާވަތުގެ ކަންކަމުގައި އާންމު އުކުޅެއް ކަމަށް މާހިރުން ދެކޭ ކަމަށެވެ.

“އެ ދިދައިގެ މިހާރުވާ ލިޔުން، އައިސިސް ގެ ދިދަޔަށް ބަދަލު ކުރުމަށް ރޭވުމަކީ މި ބާވަތުގެ މުއާމަލާތުގައި އާންމު އުކުޅެއް ކަމަށް މާހިރުން ދެކޭ. ދިވެހިން ވިސްނަވާތި” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ދިވެހިން އެކަމާމެދު ވިސްނެވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ނަޝިދު މިފަދައިން ވިދާޅުވެފައިވާއިރު، “އިންޑިއާ އައުޓު” އޭ ކިޔަނީ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އައިސިސް އިންކަމަށާއި، އިދިކޮޅުން ބާރު އަޅަނީ ރާއްޖެ ހިފުމަށްކަމަށް ވެސް މިފަހުން ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!