ބޯޑަރު ހުޅުވާލިފަހުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު 22 ހާހުން މައްޗަށް

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 22 ހާހުން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެއްދުވަހާ ހާހަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްގެން ރިކޯޑް ކުރެވިފައިވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޖުލައި 15 އިން މި މަހުގެ ފަހަކާއި ދެމެދުގެ މުއްދަތުގައި 22،007 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައެވެ.

ފަތުރުވެރިން މިހާރު އަންނަ އެވްރެޖަށް ބަލާލާއިރު ފާއިތުވި ތިން މަހުވެސް އެވްރެޖް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޖުލައިމަހު ދުވާލަކު އެވްރެޖްކޮށް 117 ފަތުރުވެރިން އައިސްފައިފާއިރު، އޮގަސްޓްގައި ދުވާލަކު އެވްރެޖް 246 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ނިމިދިޔަ ސެޕްޓެމްބަރުމަހު ދުވާލަކު އެވްރެޖްކޮށް 318 ފަތުރުވެރިން ރާއްޖެއައިސްފައިވާއިރު މި މަހުގެ އެވްރެޖް އުޅެނީ ދުވާލަކަށް 628 ފަތުރުވެރިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!