ޖަލުގައި ހުރެގެން ރިއާ ކުރީ ކީތްކަން އިނގޭތަ؟

މަހެއްހާ ދުވަހު ޖަލުގައި ހޭދަކުރުމަށްފަހު ކަފާލާތުގެ ދަށުން އިއްޔެ މިނިވަންވެފައިވާ ޒިލޭބީގެ އެކްޓަރެސް ރިއާ ޗަކްރޮބަތީ ޖަލުގައި ހޭދަކުރަމުން ދިޔަ ވަގުތުތަކާއި ކުރިމަތިލީ ގޮތް އޭނާގެ ވަކީލު މީޑިއާ އާއި ހިއްސާކޮއްފިއެވެ. ރިއާ ޗަކްރޮބަތީގެ ވަކީލް ސަތިޝް މަނިޝިންދޭ އެންޑީޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ރިއާ ދައްކާފައިވަނީ އާދަލާ ހިލާފަ ހިއްވަރެއް ކަމަށެވެ.

ސިފައިންގެ މީހެއްގެ ދަރިއަކަށް ވީތީ އެދުވަސްތަކާއި އެ ހާލަތު ރިއާ ނަގާފައި ވަނީ ހަގުރާމައެއްގެ ގޮތުގައި ކަމަށް ބުނަމުން ވަކީލު ސަތިޝް ބުނެފައިވަނީ ކުލައިންޓަކާއި ބައްދަލުކުރުމަށް އޭނާ މިފަހަރު ޖަލަށް ޒިޔާރަތްކުރީ އެތަށް އަހަރުތަކަކަށްފަހު ކަމަށެވެ. އެހެން ނަމަވެސް އޭނާ އެކަން ކުރީ ރިއާ އަކީ ބަޔަކު އޭނާގެ ބޮލުގައި އިލްޒާމު އަޅުވާ އެގޮޅިއަށް ފައްތާލުމަށް މަސައްކަތްކުރާ ކުލައިންޓަކަށްވާތީ ކަމަށްވެސް ސަތިޝް ބުނެފައިވއެވެ.

އިތުރަށް އޭނާ ބުނެފައިވަނީ ޖަލުގައި ގޭގެ ކާތަކެތި ނުލިބުނު ނަމަވެސް އެހާލަތު ޕޮޒިޓިވްކޮށް ނެގުމަށްޓަކައި ރިއާވަނީ ގިނަ ކަންތަށްކެއް ކޮއްފައި ކަމަށެވެ. ޔޯގާ ހެދުމުގެ އިތުރުން އެމީހުންގެ ތެރޭގައި ދިރިއުޅެން އޭނާ ވަރަށް މަސައްކަތްކޮއްފައިވާކަމަށް ސަތިޝް ބުނެފައިވެއެވެ.

މި އިންޓަވިއުގައި ސަތިޝްވަނީ އިންޑިއާގެ މީޑިއާ ޗެނެލްތަކަށްވެސް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ރިއާ އާއި ދެކޮޅަށް ދޮގު ހަބަތުތަށް ފަތުރަމުން ދާކަމަށް ތުހުމަތުކޮށް ވަކީލު ބުނެފައިވަނީ އެއީ މީޑިއާތަށް ޓީއާރުޕީ ހޯދުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ. އެފަދަ މީޑިއާތަށް ކޯޓަށް ހާޒިރު ކުރަންޖެހޭކަމަށްވެސް ވަކީލު ސަތިޝް މަނިސިންދޭ ވަނީ ބުނެފައެވެ.

އެންސީބީ އިން ބަލަމުންދާ ޑުރަގުގެ މައްސަލައެއްގައި ހައްޔަރުކޮއްފައިހުރި އެކްޓަރެސް ކަފާލާތުގެ ދަށުން ދޫކޮއްލާފައިވަނީ އިއްޔެއެވެ. އޭނާ ދޫކޮއްލި ނަމަވެސް ކޯޓުން އޭނާގެ މައްޗަށް ވަނީ ބައެއް ޝަރުތުތަށް ކޮއްފައެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!