ނެޕޮޓިޒަމްގެ ތެރެއަށް ދަރިންގެ ނަން އަންނާތީ ދެރަވޭ: ސުނިލް ޝެޓީ

އާތިޔާ އަދި އަހާންގެ ނަން ނެޕޮޓިޒަމްގެ ބަހުސްގައި ގެންނާތީ ހިތާމަކުރާކަމަށް ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ސުނިލް ސެޓީ ބުނެފިއެވެ. ސުނިލް ސެޓީ ސޯޝަލް މީޑިއާގައި ހިއްސާ ކޮއްފައިވާ މެސެޖުގައި ބުނެފައިވަނީ އާތިޔާ އަދި އަހާން އަކީ އޭނާގެ ދަރިން ކަމުގައިވިޔަސް އެކުދިންނަށްވެސް އެހެން ކުދިން ފަދައިން އެކުދިން އެދޭ ރޮގަކުން ކުރިއަށްގޮސް ހުވަފެންދެކުމުގެ ހައްޤު އޮންނަންޖެހޭނެކަމަށެވެ. އެމީހުން ކުރިއަށްދާ ކަމަކުން ކުރިއަށްދާނީ އަމިއްލަ ހުނަރުން ކަމަށާއި އެހެން ނަމަވެސް ނެޕޮޓިޒަމްގެ ތެރެއަށް އެކުދިންގެ ނަން އަންނާތީ ދެރަވެ ހިތާމަ ކުރާ ކަމަށެވެ.

 ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކު ކުރިއަށްދާން އެދޭ ރޮގެއް ހިޔާރު ކުރުމަށް ދޫކޮއްލުމަށް އަބަދުވެސް މައިންބަފައިންނަށް ނަސޭހަތްތެރިވާކަމަށާއި ހުނަރު ހުރިނަމަ މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބޭނެކަން ސުނިލްސެޓީ ވަނީ ފާހަގަކޮއްފައެވެ. އެކަމުގައި ވަކި މީހެއްގެ ދަރިއެއް ނޯންނާނެކަމަށްވެސް އޭނާވަނީ ބުނެފައެވެ.

ސުނިލް ސެޓީގެ ފުރަތަމަ ފިލްމު ބަލްވާން 1992ގައި ރިލީސްވެފައިވާއިރު އެނާއަށް އެދުވަހު ލިބުނު ސަޕޯރޓުން ހިއްވަރު ލިބުނު ގޮތުގެ ވާހަކަވެސް އޭނާ ވަނީ ހިއްސާކޮއްފައެވެ. އަދި ފަހުން ބައެއް މީހުންގެ ފަރާތުން މަލާމަތްވެސް ލިބުނު ކަމަށާއި އެހެން ނަމަވެސް ހިތްވަރާއެކު ކުރިއަށް ދިޔަކަން އޭނާވަނީ ހާމަކޮއްފައެވެ. ކޮންމެ ކުއްޖެއްނަމަވެސް އެގޮތަށް މަސައްކަތްކޮށް ހުވަފެންދެކުމުގެ ހައްޤު އޮންނަންޖެހޭނެކަން ސުނިލް ސެޓީގެ މިވާހަކަތަކުން ވަރަށް ބޮޑަށް ފާހަގަވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!