ބޮލީވުޑްގެ ޒުވާން އެކްޓަރު އަލީ ފަޒަލް އަށް ހޮލީވުޑްގެ އިިތުރު ފިލްމެއް ލިބިއްޖެއެވެ.
އަލީ ފަޒަލް މީގެ ކުރިން މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2015 ގައި ރިލީޒްކުރި “ފާސްޓް އެންޑް ފިއުރިއަސް 7” އާއި 2017 ގެ “ވިކްޓޯރިއާ އެންޑް އަބްދުލް” ހިމެނެ އެވެ. މީގެ އިތުރުން މިހާރު ރިލީޒް ކުރުމަށް ތައްޔާރު ވަމުންދާ “ޑެތް އޮން ދަ ނައިލް” ވެސް ހިމެނެއެވެ.
އުމުރުން މިހާރު 33 އަހަރުގެ އަލީ ފަޒަލް ވަނީ ބޮލީވުޑްގެ ވެސް އެތައް ފިލްމް ތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި މިރްޒާޕޫރު، ފުކްރޭ، ހާމޯޝިޔާން ފަދަ ފިލުމުތައް ހިމެނެއެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި އަލީ ފަޒަލްއަށް ވަނީ އަނެއްކާވެސް ހޮލީވުޑްގެ ފިލްމެއް ލިބިފައެވެ. އެގޮތުން ލިޔުންތެރިޔާ އެލަން ވެންކަސްގެ ހަނގުރާމަ މަތީގެ ފިލުމްކުން އޭނާ ފެނިގެން ދާނެ ކަމަށް ވެއެވެ.