އިސްލާމް ދީނަށްޓަކައި ސަނާ ހާން ފިލްމް އިންޑަސްޓްރީ އާއި ދުރަށް!

ބިގް ބޮސް ސީޒަން 6 އިން މަޝްހޫރުކަން ހޯދި ސަނާ ހާން މުނިފޫހިފިލުވުމުގެ ދާއިރާއިން ދުރަށް ދިއުމަށް ނިންމައިފިއެވެ.

ސަނާ އޭނާގެ ސޯޝަލް މީޑިއާގައި ކުރި ދިގު ޕޯސްޓެއްގައި ބުނީ، ފިލްމީ ދާއިރާ އާއި މުނިފޫހިފިލުވުގެ ދާއިރާއާއި މުޅި އުމުރަށް ދުރަށް ދާން ނިންމާފައިވާ ކަމަށެވެ.

ސަނާ ބުނީ ފިލްމް އިންޑަސްޓްރީގައި ވޭތުވެދިޔަ އަހަރު ތަކުން އެތައް ބައެއްގެ ލޯބި ލިބިފައިވާ ކަމަށާއި އެއީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ކަމެއް ކަމަށެވެ. އެހެންނަމަވެސް މިއަދުން ފެށިގެން ފިލްމް އިންޑަސްޓްރީއަށް އަލްވަދާއު ކިޔާ ކަމަށާއި އެފަދަ އެއްވެސް ކަމަކަށް އޭނާއާއި މުއާމަލާތު ނުކުރުމަށް އެދޭ ކަމަށެވެ. އޭނާގެ މި ނިންމުމަކީ އިސްލާމް ދީނަށްޓަކައި މާތްﷲ އެންގެވި ގޮތަށް ދިރިއުޅުން ބަދަލުކޮށްލުމަށް ނިންމި ނިންމުމެއް ކަމަށް އޭނާ ބުނެއެވެ.

ސަނާ ވަނީ އޭނާގެ ހުރިހާ ފޭނުންގެ ފަރާތުން އޭނާގެ ފާފަތައް ފުއްސެވުމަށާއި އޭނާއަށް ހެޔޮ ދުޢާ ކޮށްދިނުމަށް އެދިފައެވެ.

ސަނާގެ މި ނިންމުމަށް ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފުކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!