އަނގޮޅިތީމު ބަނދަރު މަރާމާތު ކުރަން ހަވާލު ކޮށްފި

ރ. އަނގޮޅިތީމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.

މި މަޝްރޫޢުގެ ދަށުން އަނގޮޅިތީމުގައި 221 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށްޓެއްލައި، 91.44 މީޓަރުގެ އެއްގަމު ތޮށްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 42،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 615 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް 2 ނެރުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 166 މީޓަރުގެ ރިވެޓްމަންޓްޖަހާ، 1110 ސްކޮއަރ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 5 މޫރިން ބުލޮކްސް އެޅުމާއި، 12 ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.

މި މަޝްރޫޢަށް ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 44.7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!