ފޮޓޯ: ގޫގުލް

ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ދެ ބޭފުޅުން ކުރިމަތިލައިފި

ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ދެ ބޭފުޅަކު ކުރިމަތިލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ ދެ މަގާމު ހުސްވުމުން ހުޅުވާލި ފުރުސަތު މިދިޔަ އަންގާރަ ދުވަހު ހަމަވިއިރު، ދެ ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށެވެ.

އެކަމަކު އެއީ ކޮން ބޭފުޅުންނެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން އިސް ފަނޑިޔާރުން އައްޔަނު ކުރާނީ އެ މަގާމަށް ކުރިމަތިލާ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އެވެ. އަދި ކޯޓެއްގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އެ ކޯޓެއްގެ ފަނޑިޔާރުންނަށް އެކަންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!