ސާފުތާހިރުކަން ކުޑަވުމުން ވީއައިއޭގެ ކެންޓީނު ބަންދުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ކެންޓީނުގައި ސާފުތާހިރުކަން ކުޑަވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެތަން ބަންދުކޮށްފި އެވެ.

ވީއައިއޭގައި ހިންގާ އެއިރީ ކެފެޓީރިއާ ބަންދު ކުރުމުގެ ނޯޓިސް އެޗްޕީއޭ އިން ވަނީ އެތަނުގައި ހަރުކޮށްފަ އެވެ.

އޭގައި ބުނެފައި ވަނީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާން ކުރާ ގަވާއިދާ އެތަނުން ހިލާފުވެފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!