ކައުންސިލްތަކާއި ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީން ތަމްރީން ޕްރޮގްރާމެއް

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ކައުންސިލްތަކާ ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ކައުންސިލްތަކާ ވީހާވެސް ގާތުން މަސައްކަތްކުރުމަށްޓަކައި ނިމިދިޔަ އަހަރުތެރޭގައިވެސް ތަމްރީން ޕްރޮގްރާމެއް ހިންގާފައެވެ. މި ތަމްރީން ޕްރޮގްރާމްގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ގެސްޓްހައުސް އަދި ޓްރެވަލް އެޖެންސީ އަލަށް ރަޖިސްޓްރީ ކުރުމަށާއި، ރަޖިސްޓްރީ އައުކުރުމަށް ކުރެވޭ އިންސްޕެކްޝަނާއި ގުޅޭގޮތުން މައުލޫމާތުދީފައެެވެ. އެޕްރޮގްރާމްގައި ޖުމްލަ 199 ކައުންސިލުން ބައިވެރިވެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ އެޕްރޮގްރާމްގެ ވަރޗުއަލް ރިފްރެޝަރ ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި ހަމަ އެދުވަހު ޑައިވް ސެންޓަރުތައް އަލަށް ރަޖިސްޓްރީ ކުރުމަށާއި، ރަޖިސްޓްރީ އާކުރުމަށް ކުރެވޭ އިންސްޕެކްޝަންގެ ތަމްރީނު ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!