ފެނަކައިގެ މިސްރާބު، ފަންނީ ގާބިލް މުވައްޒަފުން ބީނާކުރުމަށް!

ފެނަކަ ކޯޕަރޭޝަންއަކީ ފެނާއި ނަރުދަމާ އަދި ކަރަންޓް، އަސާސީ ޚިދުމަތުގެ ގޮތުގައި ދެމެހެއްޓެނިވި ރަނގަޅު ޚިދުމަތެއްގެ ގޮތުގައި އަތޮޅުތެރޭގެ ރައްޔިތުންނަށް ފޮރުކޮށްދިނުމާއިއެކު، މި ޚިދުމަތްތަކާއި ގުޅުންހުރި އެންމެހާ ޚިދުމަތްތަކެއް ވިލަރެސްކުރުމަށް އުފައްދަވާ އެ ޚިދުމަތުގައި ހުއްޓުމެންނެތި މަސައްކަތް ކުރައްވާ ކުންފުންޏެކެވެ.  ކުންފުނިން ދެވޭ ކިދުމަތުގެ ފެންވަރު ރަނގަޅުކރުމަށް އެއިރަކު ދިމާވާ ގޮންޖެހުންތަކާއިއެކު ކުރިމަތި ލުމަކީ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން އަބަދުވެސް އިސްކަންދެއްވާ ކަމެކެވެ. ޚިދުމަތް ދެވޭ ކޮންމެދާއިރާއެއްގައިވެސް ކަމަށް ޤާބިލު ހުނަރުވެރި ޒުވާނުން އުފެއްދުމަކީ މިސަރުކާރުގެ ވަޢުދަކަށްވެ، ސިޔާސަތުގެ ތެރޭހިމެނި އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ހުށަހެޅިފައިވާ ކަމަކަށް ވީހިންދު، ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ލަފަޔާއި އިރުޝާދުގެ ތެރެއިން އަސާސީ ހިދުމަތުން އެއްވެސް ރައްޔިތަކު މަހްރޫމް ވިޔަނުދިނުމާއިއެކު އެ ޚިދުމަތް ކުޑަހިނދުކޮޅަކަށްވެސް މެދުކެނޑުނަ ނުދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރެއްވުމަށް ފެނަކައިގެ އެމްޑި ސަޢިދު ގެންދަވަނީ އުޅާހަށްވެސް ދެމިނުލާ މަސައްކަތް ކުރައްވަމުންނެވެ.

ޚިދުމަތެއް އޭގެ އެންމެފުރިހަމަ ގޮތުގައި ރައްޔިރުންނާއި ހަމައަށް ފޯރުކޮށްދެވޭނީ ޚިދުމަތް ދިނުމުގައި ސާބިތުވެ ތިއްބެވި މުވައްޒަފުންނަކީ ކަންކަމަށް ލޯހުޅުވި ރޯފިލާފައިވާ  ބަޔަކަށްވެގެންކަން މިހާރުގެ މެނޭޖްމަންޓުން އަބަދުވެސް ޤަބޫލުކުރައްވައެވެ. މުވައްޒަފުން ޢަމަލީ މައިދާނުގައި މަސައްކަތް ކުރެއްވުމަށް ނުކުންނަވާފައި ތިއްބެވިނަމަވެސް އެ މުވައްޒަފުންގެ ކުރިއެރުމަށް އެކި ހުނަރުތަކާއި ތަމްރީނު ހޮދުމަށް އެއްވެސް ހުރަހެއް އޮވެގެން ވާނެކަމށް އެމްޑީ ސަޢިދު ޤަބޫލުފުޅެއް ނުކުރައްވައެވެ.

މުވައްޒަފުންނަށް ޚިދުމަތުގައި ތިއްބަވާ، ޢާއިލާއާއިއެކު އެއްފަސްގަނޑެއްގައި ފަސޭހަކަމާއިއެކު ވާޞިލުވޭވޭނެ ހިސާބެއްގައި ތިބެ އުނގެނުމަށް ފުރުޞަތު ތަނަވަސްކޮށްދީ  ޒަމާނީ ތަޢުލީމާއި ތަމްރީނު ދިނުމާއިއެކު ޒިންމާދާރު ނަޒާޙަތްތެރި މުވައްޒަފުންތަކެއް ބިނާކޮށްދިނުމަކީ މިއަދު ކުންފުނީގެ އަމާޒެކެވެ. އެ އަމާޒަށް ވާޞިލުވުމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ގެ ސީދާ ބެއްލެވުމުގެ ދަށުން މިއަދު މިވަނީ މުވައްޒަފުންގެ ޒަމާންވީ ޝަކުވާތަކަކަށް ނިމުންގެނުވައިދީ މުވައްޒަފުންގެ މަސައްކަތަށް ލިބުނު އިތުރު އާރޯކަމެއް  ގެނުވަދީފައެވެ.

3300 އަށްވުރެ ގިނަ މުވައްޒަފުން ޚިދުމަތް ކުރައްވަމުންދާ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދެވޭޚިދުމަތުގެ މޭސްތިރިންގެ ގޮތުގައި ޤާބިލު މުވައްޒަފުން އުފެއްދެވުމަށް “ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗް” ގެ ނަމުގައި ތަޢުލީމާއި ތަމްރީންދޭ މަރުކަޒެއް ފެނަކަ ކޮޕަރޭޝަންގައި ރަޖިސްތްރީ ކުރެއްވީއެވެ. މިއަދު ފެނަކައިގައި ވުޖޫދު ކުރެވިގެން މިދިޔަ އިންސްޓިޓިއުޓްގެ ހަޤީޤީ މަޤްޞަދަކީވެސް ކުންފުނީގެ ވަޒީފާގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ވޮކޭޝަނަލް ޓެރޭނިންގ ދިނުމާއި، ދެވޭ ޚިދުމަތްތަކާއި ގުޅޭ ދާއިރާއިން މަތީ ތަޢުލީމު ހޯދުމުގެ ފުރޞަތު ތަނަވަސް ކޮށްދިނުމެވެ. އަދި ރިނިޔުމަބް އެނާރޖީ، ފެނާއި ނަރުދަމާ ދިރާސާތައް ކުރެވިގެން ދާނެއެވެ.

މި އިންސްޓިޓިއުޓުން ތަޢުލީމް ޙާޞިލްކޮށް ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި ބައިނަލް އަޤްވާމީ ފެންވަރު ހުނަރާއި ޤާބިލުކަން ހުރުމާއިއެކު އެ ދަރިވަރުންނަށް އެފެންވަރުގެ ސެޓްފިކެޓެއް އޮންނާނެއެވެ.  ފެނަކަ ކޯޕަރޭޝަން އައި އޯއެސް އަށް ސާރޓިފައިވެފައިވަނީ ކުންފުނީގެ ހިންގުން ހަރުދަނާކުރެވި މުވައްޒަފުންގެ ހީވާގި މަސައްކަތާއިއެކު ދެވޭ ޚިދުމަތް ބައިންލް އަޤވާމީ ފެންވަރަށް ފެތޭތީކަން މިއަދު މީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތެކެވެ.  ޒަމާން ބަދަލުވެ ފެނަކަ ހިންގުމުގައި ލޯހުޅުވި ހުށިޔާރު މާލިމީއެއްގެ ޙިކުމަތާއިއެކު ކުންފުނީގެ މިސްރާބު ހުރީ ރާއްޖޭގެ ނިސްބަތުން އެންމެ ހަރުދަނާ އަދި ޚިދުމަތުގައި އެންމެ އުސްކުންނަށް ވާޞިލުވުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!