ކިރްގިސްތާންގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ކިރްގިސްތާންގެ ބޮޑުވަޒީރު ކުބަޓްބެކް ބޮރޮނޯފް ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ބޮރޮނޯފް އިސްތިއުފާ ދެއްވީ އިންތިހާބުގެ ދުވަސްވަރު ހިނގި ބޮޑެތި ހަމަނުޖެހުންތަކަށް ފަހު ސިޔާސީ މަސްރަހު ހަލަބޮލިވުމާއި ގުޅިގެންނެވެ.

އެ އިންތިހާބު ގެ ނަތީޖާ ރަސްމީކޮށް ވަނީ ބާތިލް ކޮށްފަ އެވެ. އަދި ސަރުކާރާއި ދެކޮޅަށް މުޒާހިރާ ކުރި މީހުން ޖަލުން މިނިވަންކުރި ސަޑީރު ޖަޕަރޯވް ވަނީ ބޮޑުވަޒީރު ކަމަށް އައްޔަން ކޮށްފަ އެވެ.

މިދިއަ އާދީއްތަ ދުވަހު ބޭއްވުނު އިންތިހާބު ގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވަނީ ގާނޫނު ހަދާ މަޖްލިސް ހިސޯރުކޮށްފަ އެވެ.

ރަޝިއާ އާއި ޗައިނާ އިން ވަނީ ކިރިގިސްތާން ގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިއްޔެ ގިނަ އަދަދެއްގެ ރައްޔިތުން ވެރިރައް ބިޝްކެކް އަށް އެއްވެ ރައީސް ސޫރޮންބައި ޖީންބެކޯވް ވެރިކަމުން އަޒުލް ކުރުމަށް ގޮވާލާފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!