ގދ. ހޯނޑެއްދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެން ބަލިން ރަނގަޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވަނީ އަތޮޅު ތެރޭގައި ކޮވިިޑް ޖެހިފައިވާ މީހުން ތިބި ރަށްރަށުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އެކަމަކު އެ ލިސްޓުގައި މިހާރު ހޯނޑެއްދޫ ނެތްކަން ފާހަގަކުރެ އެވެ.
އެންމެ ފުރަތަމަ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަވުމުން ނެގި ސާމްޕަލްގެ ނަތީޖާ ލިބުމުންނެވެ.
އޭގެ ފަހުން ރަށުން ރެންޑަމްކޮށް ނެގި ތިން ސާމްޕަލެއްގެ ތެރެއިން ދެ ސާމްޕަލް ޕޮޒިޓިވްވެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައިއިރު މަސް ދުވަސް ފަހުން އެރަށް ވަނީ މިހާރު މޮނިޓަރިން އިން ނަގާފަ އެވެ.
އެރަށުން 44 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ.