ސްޓެލްކޯ އިންޖީނުގެއަށް ކަނޑުން ފެން ނަގައިދޭ ހޮޅި މަރާމާތު ކުރާނެ ބަޔަކު ހޯދަނީ

ސްޓެލްކޯ އިންޖީނުގެއަށް ކަނޑުން ފެން ނަގައިދޭ ހޮޅި މަރާމާތު ކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

އިންޖީނުގޭގެ ފިނި ހޫނު މިން ހިފެހެއްޓުމަށްޓަކައި ފެން ބޭނުން ކުރަންޖެހެ އެވެ. މިކަން ކުރަނީ ކަނޑުން ލޮނު ނަގައި ނަގައިގެން އެއިން ފެން ބޭނުން ކޮށްގެންނެވެ.

ސްޓެލްކޯއިން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި އެ ކުންފުނީގެ ސީވޯޓާ އިންޓޭކް ޕައިޕް ރިޕެއާކޮށް އަދި އެންކާ ކުރުމުގެ މަސަތްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މި މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތް ތަކަށް ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 1,542 އެވެ. އެ ފައިސާ ބަލައި ގަތުން އޮންނާނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މައުލޫމާތު ސާފު ކުރުން މި މަހުގެ 25 ގައި އޮންނައިރު، ބިޑް ހުށަހެޅުން އޮތީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ.

އިވޭލުއޭޓް ކުރާއިރު ބަލާނެ ކަންތައްތައް

  • އަގަށް: 70 ޕޮއިންޓް
  • ތަޖުރިބާ: 30 ޕޮއިންޓް
  • މި ފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާނެ
  • މުއްދަތު: 6 މަސް ދުވަހަށް

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000 ރ. ނުވަތަ އެ އަގަށްވާ ވަރަށް އެމެރިކާ ޑޮލަރު ހުށަހަޅަން ޖެހެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!