ދިހަ މީހުންނަށްވުރެ ގިނައިން އެކުގައި ކަރަންޓީންވާން ޖެހޭ ހާލަތުގައި ޕީސީއާރު ޓެސްޓް ކުރަނީ

ދިހަ މީހުންނަށްވުރެ ގިނައިން އެކުގައި ކަރަންޓީންވާން ޖެހޭ ހާލަތުގައި ޕީސީއާރު ޓެސްޓް ހަދަން މަޖުބޫރު ކުރަން ވިސްނަމުންދާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫފް (ޓެގް) އިން ބުނެފި އެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އެކި މަސައްކަތަށް މާލެއިން ރަށްރަށަށް ދާ މީހުންނާއި އެ ނޫން ބޭނުންތަކަށް ރަށްރަށައްދާ ބައެއް މީހުން ކަރަންޓީންގެ އުސޫލާއި ހިލާފުވާ ކަމަށެވެ. އެ ގޮތަށް އަމަލު ކުރުމުގެ ސަބަބުން ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.

ޝަހީދު ވިދާޅުވީ 10 މީހުންނަށްވުރެ ގިނައިން އެކުގައި ކަރަންޓީންވާން ޖެހޭ ހާލަތުގައި ޕީސީއާރު ޓެސްޓް ހަދަން މަޖުބޫރުކުރަން ވިސްނަމުންދާ ކަމަށާއި އެކަން މަޖުބޫރު ކުރަނީ ވަކިވަކިން ކަރަންޓީންގެ އިންތިޒާމް ހަމަނުޖެހޭ މީހުންނަށް ކަމަށް ވެސް ވިދާޅުވި އެވެ.

“ދިހަ މީހުންނަށްވުރެ އިތުރަށް އެކީގައި ކަރަންޓީންވާން ދާ ހާލަތުގައި އެ މީހުންނަށް ވަކިވަކިން ކަރަންޓީންގެ އިންތިޒާމް ހަމަޖައްސާ ނުދެވޭނަމަ ބައެއް ކަންކަން އެބަޖެހޭ ހަމަޖައްސަން. އޭގެ ތެރޭގައި މި ގޮތަށް ކަރަންޓީންވާން ދިއުމުގެ ކުރިން ޕީސީއާރު ޓެސްޓް ހެދުން މިހާރު ތައާރަފު ކުރަން މިވަނީ ގަސްތުކޮށްފައި. މިގޮތަށް ޓެސްޓް ހަދަން ޖެހޭނީ 72 ގަޑިއިރު ކުރިން،” ޝަހީދު ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!