ހާޖާނުގަނޑަށްފަހު ދީޕިކާ އަނެއްކާވެސް ޝޫޓިންގްތަކަށް

ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގާއެކު ފެންމަތިވެގެން އައި ބޮލީވުޑުގެ ޑުރަގުގެ މައްސަލަގައި ބަތަލާ ދީޕިކާ ޕަދުކޯންގެ ނަން ވަނީ ފެންމަތިވެފައިއެވެ.

ދީޕިކާ އާއި އޭނާގެ މެނޭޖަރު ކަރިޝްމާ އާއި ދެމެދު ދެކެވިފައިވާ ވާހަކަތައް އާންމުވުމާ ގުޅިގެން އޭނާ ވަނީ އެންސީބީއަށް ހާޒިރުކޮށް 5 ގަޑިއިރަށް ވުރެ ގިނައިރުވަންދެން ސުވާލުކޮށްފައެވެ. މި ޗެޓްލޮގަކީ 2017 ވަނަ އަހަރުގެ އޮކްޓޯބަރި މަހުގެ 27 ވަނަ ދުވަހު ކޮށްފައިވާ ޗެޓެއްކަމަށް އިންޑިއާ ޓައިމްސް އިން ބުނެއެވެ.

ދީޕިކާ ތަހުގީގަށް ހާޒިރުކުރުމަށް އެންގި އިރު އޭނާ ހުރީ މިހާރު އޭނާ ކުޅެމުން އަންނަ ފިލްމުގެ ޝޫޓިންއަށް ގޯއާގައެވެ. އެންސީބީއަށް ހާޒިރުވުމަށްފަހު އޭނާ އަނެއްކާވެސް މިވަނީ ޝޫޓިންއަށް ގޯއާއަށް ގޮސްފައެވެ. މިފިލްމަކީ ޝަކުން ބަޓްރާގެ ފިލްމެކެވެ މި ފިލްމުގައި ދީޕިކާގެ އިތުރުން، ސިދާރްތު ޗަތުރްވެދި އަދި އަނަންޔާ ޕާންޑޭ ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!